ސަލްމާން ޚާނު ޖަލަށްލީ މީހުން އޭނާއަށް ބަލާތީ: ފަނޑިޔާރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ސަލްމާން ޚާނު ޖަލަށްލީ މީހުން އޭނާއަށް ބަލާތީ: ފަނޑިޔާރު
ބޮލީ ވުޑުގެ މަޝްހޫރު ފިލްމީތަރި ސަލްމާން ޚާންގެ މައްޗަށް ޖަލު ޙުކުމް އިއްވި ފަނޑިޔާރު މިއަދު ބުނީ ސަލްމާން ޚާންެ މައްޗަށް ޖަލު ހުކުމެއް އިއްވީ އޭނާއަށް އެންމެން ބަލާތީ ކަމަށެވެ.

"އެތައް މިލިއަން މީހުން އޭނާއަށް އެބަބަލާ. އޭނާކުރާ ކަންކަން އެބަ ކޮޕީކުރޭ. އެހެންވީމާ އެފެންވަރުގެ މީހުން ކުރާ ކުށްތަކަށް އަދަބު ނުދިނީމާ އޭނާކުރާ ކުށްތައް އެހެން މީހުން ކޮޕީކޮށްގެން ކުރަން ފަށާނެ." ހުކުމް ކުރި ސަބަބު ކިޔައިދެމުން ފަނޑިޔާރު ބުނެފައިވެއެވެ.

ސަލްމާން ޚާންގެ ވަކީލުން މިއަދު ވަނީ 3 އަހަރުން ދަށުގެ ޙުކުމެއް އިއްވޭތޯ ވަރަށް މަސައްކަތްކޮށްފައެވެ.

ސަލްމާން ޚާންގެ މައްޗަށް ޖަލުހުކުމް އިއްވުމުން އެންމެ ފުރަތަމަ ކަންބޮޑުވުން ފައުޅުކުރި މީހުންގެ ތެރޭގައި މަޝްހޫރު އަމީތާބް ބަޗަންގެ އަންހެނުން ޖަޔާ ބަޗަން ހިމެނެއެވެ.

ޙުކުމްކުރުމާއިއެކު ސަލްމާން ޚާން ވަނީ ޖަލަށް ގެންގޮސް ބަންދުކޮށްފައެވެ.
މިއަދު އޮންލައިން