ސަލްމާން ޚާނަށް ދިން ޖަލު ނަމްބަރަކީ 106 އެވެ. ބަންދުކޮށްފައި ހުރީ އެޖަލުގެ 2 ނަމްބަރު ވޯޑުގައެވެ. އަދި ހުރީ އެކަންޏެވެ. މިރޭ ކެއުމަކަށް ދިނީ ކެބެޖާއި ލެސިތިލް އެވެ. މާދަމާ ހެނދުނު ގޮޅިން ބޭރަށް ނުކުންނަންވާއިރަށް ޖަލުގެ ޔުނިފޯމް އަޅުވާނެއެވެ.
ޖަލަށް ގެންދިއުމުން ހެދި ޓެސްޓްތަކުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެންކަމުން އެއްވެސް ޚާއްޞަ އިނާޔަތެއް ނުލިބޭނެއެވެ.
ނިދަންޖެހޭނީ ހަމަ ތަޅުންގަނޑުގައެވެ. ނަމަވެސް އިނާޔަތެއްގެ ގޮތުން 4 ރަޖާގަނޑު ދީފައިވެއެވެ.