ސަލްމާން ޚާން މޮޔަވުމާ ކައިރީގަ - ރޭވެސް ނުކައި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ސަލްމާން ޚާން މޮޔަވުމާ ކައިރީގަ - ރޭވެސް ނުކައި!
5 އަަހަރުގެ ޖަލު ޙުކުމެއް އިއްވައި އިއްޔެ ޖަލުގައި ބަންދުކޮށްފައިވާ ސަލްމާން ޚާންގެ ޙާލަތު މިހާރު ހުރީ މޮޔަވުމާއި ކައިރީގައި ކަމަށާއި ރޭ ނުވެސް ކާކަމަށް ޖަލުން ބުނެފިއެވެ.

"އަހަރެމެން އޭނާ ކައިތޯ ބަލަން މުގު ރިހައާ ރޮށްޓާ ވެސް ދިނިން. އެކަމަކު ރަހަވެސް ބަލައެއް ނުލި."

ކުރިން ހީވެސް ކުރެވިފައި ނެތްފަދަ ބޮޑު ޙުކުމެއް ކޯޓުން އިއްޔެ އިއްވުމުން ސަލްމާން ޚާނަށް ވަނީ ކުއްލި ޝޮކެއް ލިބިފައެވެ. ޖަލަށް ގެންދިއުމުންވެސް އެއްވެސް ކަމެއް ބޭނުން ކަމަށްވެސް ބުނެފައެއް ނުވެއެވެ.

ސަލްމާންގެ ވަކީލުން މިހާރު ގެންދަނީ ކަފާލަތުގެދަށުން ސަލްމާން މިނިވަން ކުރުމަށް މަސައްކަތްކުރަމުންނެވެ. ލަފާކުރެވެނީ މާދަމާ ގޮތެއް ނިންމާނެ ކަމަށެވެ. އެ މައްސަލަ މާދަމާ ކޯޓުން ބޭރުކޮށްފިނަމަ ދެން އޮންނާނީ މަތީ ކޯޓުތަކަށް ހުށަހެޅުމެވެ.
މިއަދު އޮންލައިން