އެމެރިކާ އިން ޗައިއިނާ އާއި ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި އެމެރިކާ އިން އަޅާ ކޮންމެ ފިޔަވަޅަކަށް ޗައިނާއިން ކުރިމަތިލާނެ ކަމަށާއި ރައްދުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ޗައިނާ އިން ބުނެފިއެވެ.
ޗައިނާއިން މިމޭރުމުން ބުނީ "ބޮޑުކުރި ޗައިނާ މުދަލުގެ ޓެރިފުން ކުރިއަށްވުރެވެސް އިތުރު 100 ބިލިއަން ޑޮލަރު" ބޭނުން ކަމަށް ބުނެ ޓްރަމްޕް ބުރާސްފަތި ދުވަހު ވާހަކަ ދެއްކުމުންނެވެ. އެމެރިކާއަށް ޗައިނާ އިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑުކުރުމުން ޗައިނާ އިންވެސް ވަނީ އެމެރިކާއިން ޗައިނާއަށް އެތެރެކުރާ މުދަލުގެ ޑިޔުޓީ ބޮޑުކޮށްފައެވެ.
ޗައިނާގެ ޓްރޭޑް މިނިސްޓްރީގެ ތަރުޖަމާނު މިއަދު ވިދާޅުވީ ޗައިނާ އޮތީ އެމެރިކާއަށް ފަސްޖެހޭ ގޮތަށް ނޫން ކަމަށާއި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ. ޗައިނާއަށް އެކަމުގެ ޤާބިލުކަން ލިބިފައިވާ ކަމަށެވެ.
އެމެރިކާއަކީ ހަތިޔާރުގެ ބާޒާރުގައި ޗައިނާއަށްވުރެ ކުރީގައި އޮތް ޤައުމެއް ނަމަވެސް ޢާންމު ވިޔަފާރި އާއި ޚިދުމަތުގައި ޗައިނާ މިހާރު އޮތީ މާކުރީގައެވެ. ޗައިނާއަށް ދުނިޔޭގެ ބާޒާރުން ލިބިފައިވާ ޖާގަ އެމެރިކާއަށް ދެން ނުވެސް ލިބޭނެކަން މިހާރު ވަނީ ޔަޤީން ކުރެވިފައެވެ.