ރައްޓެހި ކުދިންނާއިއެކު ކުޅެން ހުއްޓައި މިދިއަ އަންގާރަ ދުވަހު ގެއްލުނު 4 އަހަރުގެ އަންހެން ކުއްޖަކު މަރާލައި ދެ އަތްވެސް ކަނޑާލާފައި އޮއްވާ އިއްޔެ ހަވީރު ފެނިއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ މަހަރަސްތުރާގެ ތާނޭގައެވެ.
ަކުއްޖާގެ ޢާއިލާއިން ބުނީ އެދުވަހު ކުއްޖާ ކުޅެން ދިއައީ އޭނާގެ ބޭބެ އާއިއެކުގައި ކަމަށެވެ. ބޭބެ އެނބުރި ގެއަށް އައީ އެހެންކުދިންނާިއެކު ކޮއްކޮ ދޫކޮށްލުމަށްފަހު ކަމަށެވެ.
"ހަވީރުވިއިރުވެސް ނައިމަ ހޯދަން ފެށީ. ހޯދައި ނުފެނުނީމަ ފުލުހުންނަށް އެންގީ."
ފުލުހުން ބުނީ އިތުރު މައުލޫމާތެއް ލިބޭތޯ ޕޯސްޓްމޯޓޮމް ހަދަމުން ގެންދާ ކަމަށެވެ. ޢާއިލާއިން ބުނަނީ އެމީހުންގެ އަދާވާތްތެރި މީހަކު ހުރިކަން އެނގިފައި ނުވާ ކަމަށެވެ.