އިޒްރޭލަށް މިއަދު ޝަހީދު ކުރެވުނީ 26 މީހުން - 780 މީހުން ޒަކަމްކޮށްލި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
އިޒްރޭލަށް މިއަދު ޝަހީދު ކުރެވުނީ 26 މީހުން - 780 މީހުން ޒަކަމްކޮށްލި
ފަލަސްޠީނުގެ ރައްޔިތުން މިއަދު މުޒާހަރާކުރަން ނުކުތުން އިޒްރޭލް ސިފައިން ވަނީ 26 މީހަކު ޝަހީދު ކޮށްފައެވެ. އެއިގެ ތެރޭގައި ހިމެނެނީ ޣާޒާ ސަރަހައްދުން ޝަހިދުކުރި 9 މީހުންނާއި އެހެން ސަރަހައްދުތަކުގައި ޝަހީދުކުރި 17 މީހުންނެވެ.

އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ޒަޚަމްވި ކަމަށް މިހައި ތަނަށް މައުލޫމާތު ލިބިފައިވަނީ 780 މީހުންނެވެ.

ޣާޒާގެ ހަމާސް ލީޑަރު ޔަހްޔާ މިއަދު ވިދާޅުވީ ކިތަންމެ ބައަކު ޝަހީދުކުރި ނަމަވެސް ފަލަސްޠީނު ރައްޔިތުން ފަހަތަށް އެނބުރި ނުފިލާނެ ކަަމަށެވެ. ފަލަސްޠީނު ރައްޔިތުންނަށް ރިޒުޤް ދެއްވަނީ ﷲ ކަމަށާއި އެމެރިކާ އާއި އިޒްރޭލަށް ﷲ ގެ ރިޒުޤް ނުހުއްޓުވޭނެ ކަމަށެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް މިއަދުވެސް އިޒްރޭލުގެ އަނިޔާވެރިކަމުން ފަލަސްޠީނު ރައްޔިތުން ހިމާޔަތްކޮށްދިނުމަށް އދގެ ކިބައިން އެދިވަޑައިގެންފައެވެ.
މިއަދު އޮންލައިން