އަހަރެމެންގެ ސަލްމާން އަހަރެމެން ސަލާމަތްކުރީ އަހަރެމެންގެ ދުޢާއިން: ސަޕޯޓަރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އަހަރެމެންގެ ސަލްމާން އަހަރެމެން ސަލާމަތްކުރީ އަހަރެމެންގެ ދުޢާއިން: ސަޕޯޓަރުން
އިންޑިއާގެ މަޝްހޫރު ފިލްމީތަރި، ސަލްމާން ޚާންގެ ޝަރީއަތް މިއަދު ކޯޓުގައި ކުރިއަށް ގެންދިއައިރު ސަޕޯޓަރުން ތިބީ މުޅި ސަރަހައްދު ފުރާލައިގެންނެވެ.

މެދުނުކެނޑި ގޮވަމުން ގެންދިއައީ އެމީހުންގެ ސަލްމާން ޚާން ދޫކުރުމަށެވެ. މިނިވަން ކުރުމަށެވެ. ކޯޓު ބޭރުގައި ތިބެގެން ތަފާތު ދީންތަކުގެ މީހުން ދިއައީ އެމީހުންގެ ކަލާނގެތަކަށް ގޮވަމުންނެވެ. މުސްލިމުން ގެންދިއައީ މާތް ﷲ އަށް ދުޢާކުރަމުންނެވެ.

ސަރަހައްދުގައި ނެތީ ކޮން އުމުރެއްެގެ ކޮން ދީނެއްގެ ކޮން ނަސްލެއްގެ މީހެއްކަން ބުނަން އުނދަގޫކަމަށް ރިޕޯޓަރުން ދިއައީ ބުނަމުންނެވެ. އެނގޭ ކަމަކީ ގިނައިން ތިބީ ފަޤީރުންކަމެވެ.

މީހުން މިހާރު އެއްވަމުން ދަނީ މުމްބާއީގައި ހުރި ސަލްމާން ދިރިއުޅޭ ގޭގެ ކައިރިއަށެވެ. ހެނދުނުންސުރެ ގޭ ކައިރިއަށްވެސް މީހުން ވަނީ އެއްވެފައެވެ.

ކޯޓުގެ ޙުކުމާއިއެކު މުޅި އިންޑިއާގައިހެން ދަނީ އުފާވެރިކަމުގެ ޢީދެއް ފާހަގަކުރަމުންނެވެ. އެންމެ ފޯރިގަދަވީ ކޯޓު ސަރަހައްދުގަ އާއި ގޭކައިރީގައެވެ.



މިއަދު އޮންލައިން