ޒުވާން ނޫސްވެރިޔާ ޔާސިރު މުރްތަޖާ- "ޕްރެސް" ޖެކެޓް ލައިގެން ހުއްޓާ ޝަހީދުކޮށްލީ އުންމީދު ހާޞިލުނުވަނީސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޒުވާން ނޫސްވެރިޔާ ޔާސިރު މުރްތަޖާ- "ޕްރެސް" ޖެކެޓް ލައިގެން ހުއްޓާ ޝަހީދުކޮށްލީ އުންމީދު ހާޞިލުނުވަނީސް!

ހުކުރު ދުވަހު ހައްދު ފަހަނައަޅާފައިވާ ޔަހޫދީން ހަމަލާދީ ޝަހީދުކޮށްލި އެކަކީ ޣާޒާގެ ޒުވާން ނޫސްވެރިޔާ، އުމުރުން 30 އަަހަރުގެ ޔާސިރު މުރްތަޖާ އެވެ. އޭނާގެ ގެއަށް ބަޑިޖަހާފައިވަނީ ބޮޑު އަކުރުން "ޕްރެސް" ޖަހާފައިވާ ޖެކެޓެއް ލައިގެން ހުއްޓައެވެ.

އުމުރުން 2 އަަހަރުގެ ދަރިފުޅުގެ ބައްޕަ ޔާސިރު މީޑިއާގައި މަސައްކަތްކުރަންފެށީ ވަަރށް ފަހުންނެވެ. މީގެ 2 ހަފްތާވަރުކުރިން އޭނާގެ ފޭސްބުކް ޕޭޖަށް ޣާޒާ މަތިން ފެންނަ ގޮތުގެ ފޮޓޯއެއް ލުމަށްފަހު ބުނެފައިވަނީ "އަހަރެންގެ ނަމަކީ ޔާސިރު މުރްތަޖާ، އަހަރެން ދިރިއުޅެނީ ޣާޒާގަ. އަހަރެން އަދި އެއްވެސް ދަތުރެއް ނުކުރަންެ. އަހަރެންެގ އުންމީދަތީ ޖައްވުގައި އުދުހެމުން މިފަދަ ފޮޓޯއެއް ނަގައި ހާމަކުރުން" ކަމަށެވެ. މާނައަކީ ފްލައިޓެއްގައި އުދުހެމުން އެފަދަ ފޮޓޯއެއް ނެގައި ހާމަކުރުމެވެ.

ޔާސިރުގެ ޖަނާޒާ ބާއްވާފައިވަނީ އިއްޔެއެވެ. އޭނާގެ ރައްޓެހިން ބުނެފައިވަނީ ޔާސިރަކީ ވަރަށް ހިތް ހެޔޮ އަބަދުވެސް ހިނިތުންވެގެން ހެންނަ ދުވަހަކުވެސް ހަނދާން ނުނެތޭނެ އެކުވެރިއެއް ކަމަށެވެ.
ހުކުރު ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި އިތުރު 5 ނޫސްވެރިއަކު ވަނީ ޒަޚަމްވެފައެވެ. ހުކުރު ދުވަހު ޣާޒާއިން އެކަނިވެސް 9 މީހަކު ވަނީ ޝަހީދުކޮށްފައެވެ.
މިއަދު އޮންލައިން