ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ފްރާންސަށް ވަޑައިގެންފި
ސައުދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ރަސްމީ ދަތުރުފުޅެއްގައި ފްރާންސަށް ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި މުޙައްމަދު ބިން ސަލްމާން ފްރާންސުގެ ރައީސާއި އަދި އިސް އޮފިޝަލުންނާި ބައްދަލުކުރައްވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
ދާދިފަހުންވެސް ޕްރިންސް ސަލްމާން ވަނީ 18 ދުވަހުގެ ރަސްމީ ދަތުރުފުޅެއް އެމެރިކާއަށް ކުރައްވައިފައެވެ. ދަތުރުފުޅަށްފަހު އިޒްރޭލަށް ވެސް ބިމެއް ލިބެންޖެހޭނެ ކަމަށް ވިދާޅުވެ ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
ފަރަންސޭސި ވިލާތުން ވަނީ ޕްރިންސަސް ހައްސާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ. އެ އަމުރު ނެރެފައިވަނީ ފްރާންސގައި ހުރި އެކަމަނާގެ އަގު ބޮޑު އެޕާޓްމަންޓުގެ މަސައްކަތްތަކެއް ކުރަންދިއަ މީހަކަށް ލާއިންސާނީ އަނިޔާތަކެއް ކުރެއްވުމާއި ގުޅިގެންނެވެ.