އީރާނާ ރަސިއާގެ އެހީތެރިކަމުގައި ސީރިޔާގެ ވެރިކަމުގައި ހުރި ބަޝާރުލްއަސަދުގެ ސިފައިން ހޮނިހިރު ދުވަހު ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 70 އަށް އަރާފައިވާއިރު ހާލު ސީރިއަސް މީހުންގެ ތެރެއިން އަދިވެސް އިތުރު ބައަކު މަރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.
އަސަދުު މިހަމަލާއަށް ދެކޮޅު ހެދިނަމަވެސް ކެމިކަލްގެ ސަބަބުން މީހުންގެ ދެ ލޯ ބޭރަށް ނުކުތުމާއި ތުންފަތް ފަދަ ގުނަވަންތައް ފޮޅިގެން އެރުން ފަދަ ކަންތައްތައް ކުރިމަތިވެފައިވުމުން އަދި ހަށިގަނޑުގެ ހަން ފިހިފައިވުމުން ދީފައިވަނީ ވިހަގަދަ ކެމިކަލް ހަމަލާއެއްކަން މިހާރު ވަނީ ކަށަވަރުކުރެވިފައެވެ.
މަރުވި ގިނަ މީހުން މަރުވެފައިވަނީ ނޭވާ ހާސްވެގެންކަމަށް ބެލެވެއެވެ. ދޫމާގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް މިކަމުގެ އަނިޔާތައް ލިބިފައިވާއިރު އެންމެ ބޮޑަށް އަނިޔާ ލިބިފައިވަނީ ކުޑަކުދިންނަށާއި އަންހެނުންނަށެވެ.