ހެޔޮވެރިކަމަކީ މީ: ތަކެތީގެ އަގު އުފުލޭކަން ސާބިތުކޮށް ދިނުމުން ދިރިއުޅުމުގެ ފެންވަރުމަތިކުރަން 11 ބިލިއަން ދިރުހަމް ޚަރަދުކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ހެޔޮވެރިކަމަކީ މީ: ތަކެތީގެ އަގު އުފުލޭކަން ސާބިތުކޮށް ދިނުމުން ދިރިއުޅުމުގެ ފެންވަރުމަތިކުރަން 11 ބިލިއަން ދިރުހަމް ޚަރަދުކުރަނީ
އަލި އަލް މަޒްރޫއީ އަކީ ދުބާއީގެ ޢާންމު ހާލަތު ދިރާސާކުރާ އިޤްޠިޞާދީ ވިސްނުންތެރިއެކެވެ. ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއިއެކު ތަކެތީގެ އަގު އުފުލޭތީ ރައްޔިތުންނަށް ދަތިވާ ކަމުގެ ވާހަކަ ދެއްކީ ރޭޑިއޯ ޕްރޮގްރާމެއްގައެވެ.

ޖެހިގެން އައި ހަފްތާގެ ވަޒީރުންގެ ބައްދަލުވުމަށް އޭނާއަށް ދައުވަތުދީގެން ގެންގޮސް އެދުނީ އޭނާ ދެއްކި ވާހަކައިގެ ޞައްހަކަން ސާބިތުކޮށްދިނުމަށެވެ. އެކަން އޭނާ ކުރުމުން ހަމަ އެދުވަހުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި އަދި ތަކެތީގެ އަގު ހެޔޮކުރުމަށްޓަކައި 11 ބިލިއަން ދިރުހަމްގެ މަޝްރޫއެއް ހިންގުމަށެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ ކަންކަން ކުރިއަށްދާ ގޮތް ބަލަހައްޓާ ކޮންސަލްޓަންޓުންގެ ތެރޭގައިވެސް އޭނާ ވަނީ ހިމަނައިފައެވެ. މި މަޝްރޫއުގެދަށުން އެހީ ފޯރުކޮށްދޭނީ މަދުން އާމްދަނީ ލިބޭ މީހުންނަށެވެ.

މިކަމާއި ގުޅިގެން ގިނަ ބައަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފްކުރަމުންނެވެ.

ރައްޔިތުންގެ ވެރިކަމަކީ ރައްޔިތުންގެ އަޑުއަހައި އަމަލުކުރާ ވެރިކަމެކެވެ. ކަމެއް އިޞްލާޙުކުރަން ބުނީމާ ޖަލަށްލައި ޓެރަރިޒަމްގެ ދައުވާކުރާ ސަރުކާރެއް ނޫނެވެ.


މިއަދު އޮންލައިން