ފްލައިޓްގަ މަދިރިހަފަތީ ޝަކުވާކުރި ޑޮކްޓަރަކު ފްލައިޓުން ބާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ފްލައިޓްގަ މަދިރިހަފަތީ ޝަކުވާކުރި ޑޮކްޓަރަކު ފްލައިޓުން ބާލައިފި

އިންޑިއާގެ ދިއްލީ އިން ބެންގަލޫރަށް ދަތުރުކުރަން ފްލައިޓަށް އަރައި އިން ޑޮކްޓަރަކު ފްލައިޓުގައި މަދިރި ހަފާތީ ޝަކުވާކުރުމުން ފްލައިޓުން ބަލައިފިއެވެ.

އިންޑިއާގެ އަމިއްލަ އެއާލައިނެއް ކަމަށްވާ އިންދިގޯ އިން ބުނީ އޭނާ ބޭލީ އެނާ ޝަކުވާކުރުމާއިއެކު މާއަވަހަށް ރުޅިގަދަވުމުން ކަމަށެވެ. އަދި ފްލައިޓަށް ގެއްލުންދީ ހައިޖެކްކުރާނެ ކަަމަށް ބުނުމުން ކަމަށެވެ.

ޑޮކްޓަރު ބުނީ ޝަކުވާ ކުރަންޖެހުނީ ފްލައިޓަށް އަރައި ގޮނޑީގައި އިށީންތަނާ މަދިރިހަފަން ފެށުމުން ކެތް ނުކުރެވިގެން ކަމަށެވެ. ޝަކުވާ ކުރުމުން ގަދަކަމުން ފްލައިޓުން ބޭލީ ކަމަށެވެ.
ފްލައިޓުން ގަދަކަމުން ބޭލި ޑޮކްޓަރަކީ ހިތުގެ ބޮޑެތި އޮޕަރޭޝަންތައް ކުރާ މަޝްހޫރު ޑޮކްޓަރެކެވެ.
މިއަދު އޮންލައިން