މަނާ ވަސީލަތްތައް ބޭނުންކޮށްގެން މަސްވެރިކަންކޮށް މުސާރަނުދީ ދުއްވާތީ އިންޓަރޕޯލުން ހޯދަމުންދިއަ ބޯޓެއް އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
މަނާ ވަސީލަތްތައް ބޭނުންކޮށްގެން މަސްވެރިކަންކޮށް މުސާރަނުދީ ދުއްވާތީ އިންޓަރޕޯލުން ހޯދަމުންދިއަ ބޯޓެއް އަތުލައިގެންފި
ފަޅުވެރިންނަށް މުސާރަނުދީ މަޖުބޫރުކުރުވައިގެން ދުއްވާތީ އާއި މަނާ ވަސީލަތްތައް ބޭނުންކޮށްގެން ކަނޑުތަކުގައި މަސްވެރިކަން ކުރާތީ އިންޓަރޕޯލުން ހޯދަމުންދިއަ ބޯޓެއް އިންޑޮނޭސިއާ ނޭވީން އަތުލައިގެންފިއެވެ.

އަސޭ ޕްރޮވިންސާ 60 މޭލު ބޭރުން އަތުލައިގަތް އެސްޓީއެސް-50 ނަމަކަށް ކިޔާ މި ބޯޓު އަތުލައިގަންނަން މަސައްކަތްކުރުމުން މޮޒަމްބީކް އާއި ޗައިނާ ގެ ސަރަހައްދުންވެސް ވަނީ ފިލައިފައެވެ.

އަތުލަގަތްއިރު ބޯޓުގައި ތިބީ އިންޑޮނޭސިއާގެ 20 މީހުންނާއި ޔޫކްރައިންެގެ 2 މީހުންނާއި ރަސިއާގެ 8 މީހެކެވެ. އިންޑޮނޭސިއާގެ ފަޅުވެރިން ބުނީ އެމީހުން ބޯޓަށް އެރުވުމަށްފަހު އެއްވެސް މަހެއްގެ މުސާރަ ނުދޭކަމަށާއި ބޯޓުގައި ދަތުރުކުރާތާ މިހާރު 10 މަސްދުވަސް ވެއްޖެ ކަމަށެވެ. ޕާސްޕޯޓާއި ސީޑީސީ ފަދަ ލިޔުންތައް ވެސް ވަނީ އަތުލާފައި ކަމަށެވެ.
މިއަދު އޮންލައިން