7000 ޢާއިލާއަށް ގެއްލުންވާ ގޮތަށް ވައްކަންކުރުމުން 500 އަހަރަށް ޖަލަށް ލުމަށް ދުބައީގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
މިކަމުގައި ބައިވެރިވި ދެމީހުންގެ މައްޗަށް ވެސް އިއްވާފައިވަނީ 500 އަހަރު ދުވަހުގެ ޖަލުޙުކުމެކެވެ. މި ދެމީހުން ގިނަ ބައަކަށް މަކަރު ހެދީ އިންވެސްޓްމަންޓްތަކެއް އުފައްދައި އެވިޔަފާރީގައި ބައިވެރިވުމަށް ގިނަ ބައަކު އިންވެސްޓްކުރުމުންނެވެ.
އެމީހުން މީހުން އަތުން ފައިސާ ހޯދަމުން ބުނެފައިވަނީ 120 އިންސައްތައިގެ ފައިދާ އާއިއެކު އެއް އަހަރު ދުވަހުގެތެރޭގައި އިންވެސްޓްކުރާ ފައިސާ އަނބުރައި ދޭނެ ކަމަށެވެ. އެއިގެ ފަހުން ލިބެމުންދާނީ ފައިދާ ކަމަށެވެ. 90 މީހަކު ވަނީ އެމީހުންގެ ޕެންޝަން ފަންޑުގައި ހުރި ހުރިހާ ފައިސާއެއް ޖަމާކޮށްފައެވެ.
އިންވެސްޓްކުރި މަދު މީހަކަށް ނޫނީ އިންވެސްޓްކުރި އަދަދުގެ ބައިކުޅަ ބައެއް ވެސް ލިބިފައެއް ނުވެއެވެ. ބައެއް މީހުންނަށް ކެންސަރު ޖެހި ފަރުވާކުރާނެ ފައިސާ ނެތުމުން ފަރުވާ ނުކުރެވި ވަނީ މަރުވެފައެވެ.
ޙުކުމް އިއްވުމަށްފަހު ފަނޑިޔާރު ބުނީ ރައްޔިތުންގެ ގިނަ އަދަދެއްގެ ބައަކަށް ގެއްލުންވާ ގޮތަށް މަކަރާއި ހީލަތް ހަދައި ވައްކަންކުރާނަމަ ޙުކުމްކުރަން ޖެހޭނީ އެ ނިޞްބަތުން އަދަބު ދެވޭނެ ގޮތަށް ކަމަށެވެ.