ދިރާގު ޕޭ އިން ޓެކްސީއަށް ފައިސާ ދައްކައިގެން 1500 ރުފިޔާ ހޯދުމުގެ ފުރުސަތު

ކިޔުމަށް ހޭދަވާނީ 40ސ
ދިރާގު ޕޭ އިން ޓެކްސީއަށް ފައިސާ ދައްކައިގެން 1500 ރުފިޔާ ހޯދުމުގެ ފުރުސަތު
ދިރާގު ޕޭ ބޭނުންކޮށްގެން ޓެކްސީއަށް ފައިސާ ދައްކައިގެން 1500 ރުފިޔާ ލިބުމުގެ ޕްރޮމޯޝަނެއް ްެކުންފުނިން ފަށައިފިއެވެ.

ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ ދިރާގުގެ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް ކަމަށްވާ ދިރާގު ޕޭ ގެ މިއީ މުޅިން އާ ޕްރޮމޯޝަނެކެވެ.

ދިރާގު ޕޭ ގެ މިޕްރޮމޯޝަންގެ ދަށުން ޓެކްސީ ދަތުރަށް ދައްކަންޖެހޭ 25 ރުފިޔާ ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމުން އޮޓޮމެޓިކުން ގުރުއަތުލުމެއްގައި ބައިވެރިވެވޭނެއެވެ.

ހަމައެކަނި މާލޭގައި ކުރިއަށްގެންދާ މިޕްރޮމޯޝަންގެ ގުރުއަތުލުމުން ހޮވޭ ނަސީބުވެރި 10 ކަސްޓަމަރުންގެ ދިރާގު ޕޭ ވޮލެޓަށް 1500 ރުފިޔާ ހިލޭ ލިބޭނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މިޕްރޮމޯޝަން ކުރިއަށް ދާނީ މިއަހަރުގެ ޖޫން މަހުގެ 30 އާއި ހަމައަށެވެ.
މިއަދު އޮންލައިން