އަންހެނެއްގެ އޯވަރީ ސާފުކުރަން ކުރި އޮޕަރޭޝަނެއްގައި ނުބައި ކެމިކަލެއް ބޭނުންކުރުމުން އެތެރެހަށި އަނދައި މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އަންހެނެއްގެ އޯވަރީ ސާފުކުރަން ކުރި އޮޕަރޭޝަނެއްގައި ނުބައި ކެމިކަލެއް ބޭނުންކުރުމުން އެތެރެހަށި އަނދައި މަރުވެއްޖެ
އަންހެނެއްގެ އޯވަރީ ސާފުކުރަން ކުރި އޮޕަރޭޝަނެއްގައި ނުބައި ކެމިކަލެއް ބޭނުންކުރުމުން އެތެރެހަށި އަނދައި މަރުވެއްޖެއެވެ.

އޯވަރީގައި ސިސްޓް ހެދުމަކީ ޢާންމު ކަމެކެވެ. ބައެއް ސިސްޓްތައް އަމިއްލައަށް ފިލައިގެންވެސް ދެއެވެ. އަނެއްބައި ސިސްޓް ބޭހުން ފިލައެވެ. އަނެއްބައި ސިސްޓް ނަގަންެޖެހެނީ އޮޕަރޭޝަންކޮށްގެންނެވެ.

ރަސިއާގެ ހޮސްޕިޓަލަކުން އުމުރުން 28 އަހަރުގެ އެކަޓެރީނާ އޮޕަރޭޝަން ކުރީ ސިސްޓެއް ނެގުމަށެވެ. އެންމެ ފަސޭހައި ކުރެވޭ އެންޑޯސްކޮޕީއެކެވެ. އެންޑޯސް ކޮޕީ ހެދުމުގައި ސަލައިން ސޮލިޔުޝަންގެ ބަދަލުގައި ބޭނުންކުރީ ފެޑޔައެވާ ފޯމަލިންއެވެ. ނަތިޖާއަކަށްވީ ދިރި އޮއްވައި އެތެރެހަށި އަނދައިގެންދިއުމެވެ.

އޮޕަރޭޝަނަށްފަހު ނެރުމުން އޭނާ މަރުވަނީ ކަމަށް މަންމަ ގާތު ބުންޏެވެ. މަންމަ ޙީކުރީ އެއީ ބިރުން ދައްކާ ވާހަކަ ކަމަށެވެ. ނަމަވެސް ޙާލު ސީރިއަސްވާން ފެށުމުން އައިސީޔޫއަށް ގެންގޮސް އެތަނުގައި ހުރި ހުރިހާ މެޝިންތަކެއް ގުޅިއެވެ. ނަމަވެސް ބޭރަށް ނުފެނި އެތެރެހަށި އަނދައި އޭނާ މަރުވީއެވެ.

މިކަމުގެ ޚަބަރުތައް ޢާންމުވުމުން ދުނިޔޭގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ ބޭރުފުށަށް ނުއެނގޭ ގޮތަށް އެތެރެހަށި އަންދާނެ ފޯމިޔުލާއެއް ރަސިއާގެ ޑޮކްޓަރުން ހޯދައިފި ކަމަށެވެ.
މިއަދު އޮންލައިން