ދިރާގު ޓީވީ އާއި ފައިބާ ނެޓް ގއ. ވިލިނގިއްޔަށް ވެސް

ކިޔުމަށް ހޭދަވާނީ 37ސ
ދިރާގު ޓީވީ އާއި ފައިބާ ނެޓް ގއ. ވިލިނގިއްޔަށް ވެސް
ދިރާގު ޓީވީ ގެ ޚިދުމަތާއި ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ޚިދުމަތް ލިބުން ގއ. ވިލިނގިލީގައި ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

އެ ދެ ޚިދުމަތް ތައާރަފް ކުރުމަށްޓަކައި ވިލިނގިލީގައި ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށާއި އެގޮތުން ދިރާގު ޓީވީ އަދި ފައިބާނެޓް ގެ ޚިދުމަތް އެއްވެސް އަގަކާނުލާ ގުޅައި ދިނުން އަދި ދިރާގު ޓީވީ ބެލުމަށް ބޭނުންވާ ޖޯއިބޮކްސް ހިލޭ ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.





މިހިނގާ އޭޕްރީލް މަސް ނިމުމުގެ ކުރިން އެދެޚިދުމަތްވެސް ލިބިގަތުމަށް އެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ ޚާއްސަ ގުރުއަތުލުމެއް އޮންނާނެ ކަމަށާއި އެގުރުއަތުން ހޮވޭ ފަރާތަކަށް 55 އިންޗީގެ ޓވީއަކާއި އެއްއަހަރުގެ ހިލޭ ދިރާގު ޓީވީގެ ޚިދުމަތް ލިބޭނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.
މިއަދު އޮންލައިން