ސޯމާލިއާގެ ސިފައިންނަށް މުސާރަދޭން ޔޫއޭއީ އިން ފޮނުވި ގިނަ އަދަދެއްގެ ފައިސާތައް އެއަރޕޯޓް ބަލަހައްޓަން ތިބި ސިފައިން ފޭރިގެންފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބަޑި ހިފައިގެން ތިބި ބައަކު ފުރަތަމަ ފޭރިގަނެ ބާރު ހިންގީ އިއްތިހާދު އެއާވޭޒްގެ ފްލައިޓަށެވެ. އެއިރު ޔުއޭއީ ސިފައިންގެ 47 މީހަކުވެސް ފްލައިޓުގައި ތިއްބެވެ. އެއަށްފަހު ފްލައިޓުގައި ހުރި ފައިސާތައްވެސް ފޭރިގަތީއެވެ.
ސޯމާލިއާގެ ވެރިރަށުގެ އެއާޕޯޓުގައި ހިންގި މިކަންކަމާއި ގުޅިގެން ޔޫއޭއީ އިން ވަނީ ސޯމާލިއާއަށް ފޯރުކޮށްދޭ ހުރިހާ އެހީތައް ކަނޑައިލަންޖެހިދާނެ ކަމުގެ އިންޒާރު މިއަދު ދީފައެވެ. ސޯމާލިއާ ސިފައިންނަށް މުސާރަ ދިނުމަށް ޔޫއޭއީ އިން ެހީތެރިވާންފެށީ 2014 ވަނަ އަހަރު ދެ ޤައުމުގެ މެދުގައި ވެވުނު އެއްބަސްވުމެއްގެދަށުންނެވެ.