ސަލްމާން ޚާން ސަޕޯޓަރުންގެ ހިތްވަރަށް ޝުކުރު އަދާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ސަލްމާން ޚާން ސަޕޯޓަރުންގެ ހިތްވަރަށް ޝުކުރު އަދާކޮށްފި
ބޮލީ ވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން އޭނާގެ ސަޕޯޓަރުންގެ ހިތްވަރަށް ޝުކުރު އަދާކޮށްފި އެވެ. ސޯޝަލް މީޑިއާގައި ސަލްމާން ޚާންގެ ސަޕޯޓަރުންގެ އަދަދު 32.7 މިލިއަނަށް އަރައެވެ.

ސަލްމާން ޚާން ބުނެފައިވަނީ ސަޕޯޓަރުން ދެއްކި ސާބިތުކަމާއި ތާއީދު ފެނިފައި އުފަލުން ރޮވުނު ކަމަށެވެ. އަދި އުންމީދު ކަނޑާނުލައި ސާބިތުކަމާއިއެކު ސަޕޯޓަރުން ތިބެ ކުރި ހިތްވަރަށް ތައުރީފްކުރާ ކަމަށެވެ.

ސަލްމާން ޚާނުގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ޙުކުމް އިއްވީންސުރެ ދެ ދުވަސްފަހުން ޖަލުން މިނިވަންވެ ގެއަށް އަނބުރައި ދެވެންދެން އެތައް ހާސް ސަޕޯޓަރުން ތިބީ މަގުމަތީގައެވެ. މިހައި ބޮޑު ތާއީދެއް ސަޕޯޓަރުންެގ ކިބައިން ލިބުނު އެންމެ ބޮޑު ސަބަބަކީ ސަލްމާން ޚާންގެ ދީލަތި އެހީތެރިކަން ކަމުގައި ފާހަގަކުރެވެއެވެ.


މިއަދު އޮންލައިން