ޔަމަނުގައި ހަނގުރާމަކުރަމުންދާ ހޫތީން ސައުދިއަރަބިޔާގެ ވެރިރަށް ރިޔާޛަށް އަމާޒުކޮށް ފޮނުވައިލި 3 މިސައިލް އަމާޒަށް ވާސިލުވުމުގެ ކުރިން ހަމަލާދީ ގޮއްވާލައިފިއެވެ.
ބައެއް ޢާންމު ރައްޔިތުން ބުނެފައިވަނީ ބާރު ގަދަ އަޑުތަކެއް އިވުނު ކަމަށާއި ދުންތަކެއް ފެނުނު ކަމަށެވެ.
މިހަމާލާތައް މިރޭ އަމާޒުކޮށްފައިވާއިރު މިިއަދު ހެނދުނު ވަނީ ޑްރޯން ބޭނުންކޮށްގެންވެސް 2 ސަރަހައްދަކަށް ހަމަލާދޭން މަސައްކަތްކޮށްފައެވެ. ސައުދީ ހޯމް މިނިސްޓްރީން ބުނެފައިވަނީ ޑްރޯންތައްވެސް ވައްޓާލާފައިވާ ކަމަށެވެ.