މަސްޖިދުލްއަޤްޞާގަ އަޅުކަންކުރަން ބޭނުންކަމަށްބުނެ ވަދެގަތް ޔަހޫދީންތަކަކަށް ހުރަސްއެޅުމުން މަސްޖިދުލްއަޤްޞާއަށް ގެއްލުން ދޭން މަސައްކަތްކޮށްފި އެވެ.
ވަދެގަތް ޔަހޫދީންނަށް ޔަހޫދީ ފުލުހުން ވަނީ ހިމާޔަތްދީފައެވެ. ނަމަވެސް މުސްލިމް ޒުވާނުން ބިރެއް ނެތި އެމީހުންނާއި ކުރިމަތިލައި މިސްކިތަށް ވަނުން ވަނީ ހުއްޓުވައިފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިސްކިތަށް ވަނަ ނުދިނުމުން އެތައް އިރެއްވަންދެން މަސްޖިދުލްއަޤްޞާގެ ގޯތި ތެރޭގައި ތިބެ ހައްދުފަހަނައަޅާފައިވާ ޔަހޫދީންތައް ވަނީ ހަމަނުޖެހުން ހިންގައިފައެވެ. އެމީހުން ކުރި ހުރިހާ ކަމަކަށްވެސް ޔަހޫދީ ފުލުހުން ވަނީ ހިމާޔަތްދީ އެއްބާރުލުން ދީފައެވެ.