ދޯލްޕޫރު އަވަށަށް ބޯކޮށް ވާރޭވެހި 12 މީހުން މަރުވެއްޖެ- ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް!
އިންޑިއާގެ ރާޖަސްތާނުގެ ދޯލްޕޫރު އަވަށަށް ބޯކޮށް ވާރޭވެހި 12 މީހުން މަރުވެއްޖެއެވެ. ގިނަ މީހުން މަރުވީ ގޭގެ ފާރުތައް ވެށތުނުއިރު ފާރުތަކުގެ ދަށުވުން ފަދަ ހާދިސާތަކުގައެވެ.
އަވަށުގެ ބޮޑުބައަކުން ރޭ ވަނީ ކަރަންޓްވެސް ކެނޑިފައެވެ.
ދަނޑުވެރިން ބުނަނީ އެމިހުންގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި ގެއްލުން ފޫނުބެއްދޭނެ ކަމަށެވެ.