ތިލަފުށި ކޯޕަރޭޝަނާއި އެޗްޑީސީ ކްލަބް މޯލްޑިވްސް ކަޕްގެ ސެމީއަށް

ކިޔުމަށް ހޭދަވާނީ 1މ 24ސ
ތިލަފުށި ކޯޕަރޭޝަނާއި އެޗްޑީސީ ކްލަބް މޯލްޑިވްސް ކަޕްގެ ސެމީއަށް


ކްލަބް މޯލްޑިވްސް ކަޕް ފުޓުސަލް މުބާރާތުގެ ސެމީ ފައިނަލަށް ތިލަފުށި ކޯޕަރޭޝަނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ތިލަފުށި ކޯޕަރޭޝަނާއި ދިރާގެވެ. މި މެޗު ނިމުނީ 1-4 ގެ ނަތީޖާއިން ދިރާގުގެ މައްޗަށް ތިލަފުށި ކުރިހޯދައިގެންނެވެ. މި މެޗުގައި ތިލަފުށީގެ މުހައްމަދު ލިޔާހު ދެ ލަނޑު ކާމިޔާބުކޮށްފައިވާއިރު، އަނެއް ދެ ލަނޑު ތިލަފުއްޓަށް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފު (އޮންލީ) އެވެ. ދިރާގުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ރިފާއު (އަސްކަ) އެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގައި ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ އެޗްޑީސީއާއި އެލައިޑްއެވެ. އެލައިޑްގެ މައްޗަށް ކުރިހޯދައިގެން އެޗްޑީސީއިން މި މެޗު ކާމިޔާބުކުރީ 3-5 ގެ ނަތީޖާއިންނެވެ. މި މެޗުގައި އެޗްޑީސީގެ ޢަބްދުﷲ ޝާފިއު (ޝާއްޕެ) ހެޓްރިކެއް ހެދިއިރު، އަނެއް ދެ ލަނޑު އެޗްޑީސީއަށް ކާމިޔާބުކޮށްދިނީ، އަކްރަމް ޢަބްދުލް ރަޝީދު (އަކޫ) އާއި، އިބްރާހިމް މުބީން އަހުމަދު ރަޝީދު (މުއްކި) އެވެ.

ތިލަފުށި ކޯޕަރޭޝަނާއި އެޗްޑީސީގެ އިތުރުން މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވިއަންއެވެ. މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅޭނީ މާދަމާ ރެއެވެ. ފުރަތަމަ މެޗުގައި ތިލަފުށި ކޯޕަރޭޝަނާއި އެޗްޑީސީ ބައްދަލުކުރާއިރު، ދެވަނަ މިނެޓުގައި ބައްދަލުކުރާނީ މޯލްޑިވިއަންއާއި އެމްޕީއެލްއެވެ.
ރާއްޖޭގައި ކުޅޭ އެންމެ ވާދަވެރި އެއް ފުޓުސަލް މުބާރާތްކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް މެދުކެނޑުމެއްނެތި ބާއްވާތާ މިއީ 13 ވަނަ އަހަރެވެ.
މިއަދު އޮންލައިން