ޔުނިވަރސިޓީ އޮފް ސިޑްނީގެ ޢިލްމުވެރިން އިޒްރޭލް ޔުނިވަރސިޓީ ބޮއިކޮޓްކޮށް އެކަމުގެ ޤަރާރުގައި ސޮއިކޮށްފިއެވެ.
ޔުުނިވަރސިޓީ އޮފް ސިޑްނީގެ ޢިލްމުވެރިން އިޒްރޭލް ޔުނިވރސިޓީ ބޮއިކޮޓްކުރީ އިޒްރޭލު ސިފައިން ފަލަސްޠީނުގައި މުޒާހަރާކުރާ ފަލަސްޠީނު ޒުވާނުން މަރަމުން ގެންދާތީ އެކަމަށް ދެކޮޅުހެދުމުގެ ގޮތުންނެވެ.
ސިޑްނީ ޔުނިވަރސިޓީގެ 37 އިލްމުވެރިން ސޮއިކުރި ޤަރާރުގައި އެއްބަސްވެފައިވަނީ އިޒްރޭލުގެ ޔުނިވަރސިޓީތަކާއިއެކު މިހާރު ބާއްވަމުން ގެންދާ ގުޅުންތައް ވަގުތުން ހުއްޓާލުމަށެވެ. އަދި އިޒްރޭލުން ހިންގާ ޖަރީމާތައް ހިންގުން ހުއްޓާލަންެން މިޤަރާރަށް އަމަލުކުރުމަށެވެ.
އިލްމުވެރިން ވިދާޅުވެފައިވަނީ މިފަދަ ނިންމުމެއް ނިންމެވީ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމާއިބެހޭ ބައިނަލްއަޤްވާމީ ޤަރާރުތަކަށް ބޯލަނބަން އިޒްރޭލަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ. އަދި ސިޑްނި ޔުނިވަރސިޓީ އާއި ގުޅިފައިވާ އެހެން ޔުނިވަރސިޓީތަކުންވެސް މިކަމަށް އެއްބާރުލުން ދިނުމަށް ބާރުއެޅުވުމަށް މަސައްކަތް ކުރުމަށްވެސް އިލްމުވެރިން ވަނީ އެއްބަސްވެފައެވެ.