19 އަހަރުގެ ބޭބެއަކު ރޭޕްކުރަން އުޅުމުން އެކަމަށް ދެކޮޅު ހެދި 5 އަހަރުގެ އަންހެން ކުއްޖަކު ކަތިލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
19 އަހަރުގެ ބޭބެއަކު ރޭޕްކުރަން އުޅުމުން އެކަމަށް ދެކޮޅު ހެދި 5 އަހަރުގެ އަންހެން ކުއްޖަކު ކަތިލައިފި
ރޭޕްކުރަން އުޅުމުން ދެކޮޅު ހެދި 5 އަހަރުގެ އަންހެންކުއްޖަކު ކަތިލައިފިއެވެ. އެކަންކޮށްފައިވަނީ ކުއްޖާގެ ދެބެންގެދެދަރި 19 އަހަރުގެ ބޭބެއެވެ.

އިންޑިއާގެ ޖަމްޝީދުޕޫރުގެ އަވަށެއްގައި ހިންގި މިޖަރީމާ އާއި ގުޅިގެން ފުލުހުން ބުނީ ކުއްޖާ ފަޅު ގެއަކަށް ގެންގޮސް ރޭޕްކުރަން އުޅުމުން ކުއްޖާ ދެކޮޅު ހެދީ ކަމަށެވެ. ދެކޮޅު ހެދުމުން ތޫނު ވަޅިއަކުން ކުއްޖާ ކަތިލުމަށްފަހު ގެންގޮސް އެގޭތެރޭގައި ހުރި ކުނިއަޅާ ވަށިގަނޑަކަށް ލާފައިވާ ކަމަށެވެ.

ފުލުހުންނަށް އެގޭތެރެއިން ފެނުނު ތަކެތީގެ ތެރޭގައި ކަތިލަން ބޭނުންކުރި ވަޅި އާއި ކުއްޖާގެ ގައިގައިގައި ހުރި ބައެއް ގަހަނާ ހިމެނެއެވެ. ފުލުހުން ބުނީ އެކަންތައްތައް ކުރުމަށްފަހު ކުއްޖާ ގެއްލިގެން ހޯދަން އުޅުނު މީހުން ތެރޭގައި ވެސް އޭނާ އުޅެފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ތަޙްޤީޤްގެ ފުރަތަމަ މަރުހަލާގައި ދޮގު ހެދި ކަމަށާއި ނަމަވެސް ފަހުން ކަންކުރިގޮތަށް ކިޔައިދީފައިވާ ކަމަށެވެ.
މިއަދު އޮންލައިން