މިޞުރުގެ އިންތިޚާބުގަ އިދިކޮޅު ކެންޑިޑޭޓްވެސް ވޯޓުލީ އަލް ސިސީއަށް - އެކަމަކު އަދިވެސް 9 ނޫސްވެރިން ބަންދުގަ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 41ސ
މިޞުރުގެ އިންތިޚާބުގަ އިދިކޮޅު ކެންޑިޑޭޓްވެސް ވޯޓުލީ އަލް ސިސީއަށް - އެކަމަކު އަދިވެސް 9 ނޫސްވެރިން ބަންދުގަ!
މިދިއަ މަހު މިޞުރުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އަލްސިސީ އާއި ވާދަކުރި މޫސާ މުޞްޔަފާ ވެސް ވޯޓުލާފައިވަނީ އަލްސިސީއަށެވެ. އެއީ އޭނާއަށް ތަންކޮޅެއްވެސް ވޯޓު ގިނަވެއްޖެނަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން އުޅުނު އެހެން ކެންޑިޑޭޓުން ފަދައިން އޭނާއަށް ވެސް ޖަލަށް ވަންނަން ޖެހޭނެ ކަމުގެ ޔަޤީންކަން އޭނާއަށް އޮތުމުންނެވެ.

ބޭރުގެ ބައެއް ނޫސްތަކުގައި މިއަދު ބުނެފައިވަނީ މިހައި އިންސާފުވެރިކަމާއިއެކު ބޭއްވި އިންތިޚާބާއި ގުޅިގެން އަދިވެސް 9 ނޫސްވެރިއަކު ޖަލު ބަންދުގައި އެބަތިބި ކަމަށެވެ. އެ 9 މީހުންގެ މައްޗަށް އަންނަ ބުރާސްފަތި ދުވަހު ދައުވާ އުފުލާނެ ކަމަށްވެސް ވަނީ ބެލެވިފައެވެ.

މީގެ ތެރެއިން ގިނަ ނޫސްވެރިންގެ މައްޗަށް ދައުވާ އުފުލަނީ ސަރުކާރުން ވޯޓުލާނެ މީހުން ނެރެން ނުފޫޒުގެ ބޭނުންކުރިކަމަށް ޚަބަރު ފެތުރުމުގެ ކުށުގައެވެ.
މިއަދު އޮންލައިން