ރާއްޖޭގެ ޤާނޫނު އަސާސީން އަދި ނުފެންނަ މާއްދާއެއް ޕާކިސްތާނުގެ ޤާނޫނު އަސާސީން ފެނިގެން ނަވާޒް ޝަރީފަށް އުމުރު ދުވަހުގެ އަދަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ރާއްޖޭގެ ޤާނޫނު އަސާސީން އަދި ނުފެންނަ މާއްދާއެއް ޕާކިސްތާނުގެ ޤާނޫނު އަސާސީން ފެނިގެން ނަވާޒް ޝަރީފަށް އުމުރު ދުވަހުގެ އަދަބެއް!
މަޤާމުތަކަށް ކުރިމަތިލާންޖެހޭނީ "ތެދުވެރި އަދި އިތުބާރު ހިފޭ" މީހުން ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މާއްދާއެއް އޮންނާތީ އެމާއްދާގެ ދަށުން ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް އުމުރު ދުވަހަށް ބޮޑު އަދަދެއް ދީފިއެވެ.

ޕާކިސްތާނުގެ ސްޕްރީމް ކޯޓުން މިއަދުވަނީ ކޮރަޕްޓް އެއްވެސް މީހަކަށް އުމުރުގައިވެސް ޤައުމުގެ އެއްވެސް މަޤާމަކަށް ކުރިމަނުލެވޭ ގޮތް ހަދައި އެ ޝަރަފު ދިން ފުރަތަމަ މީހަކަށް ނަވާޒް ޝަރީފް ހަދައިފައެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފުރިހަމަ އިއްތިފާޤުން މިއަދު ނިންމާފައިވަނީ ނަވާޒް ޝަރީފަށް ކުރިއަށް އޮތް އެއްވެސް އިންތިޚާބެއްގައި މުޅި އުމުރުގައިވެސް ކުރިމަތި ނުލެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް މަޤާމެއްވެސް އަދާނުކުރެވޭނެ ކަމަށެވެ. މިފިޔަވަޅު އަޅާފައިވަނީ މަޤާމުތަކަށް ކުރިމަތިލާންޖެހޭނީ "ތެދުވެރި އަދި އިތުބާރު ހިފޭ" މީހުން ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މާއްދާއެއް އޮންނާތީ އެމާއްދާގެ ދަށުންނެވެ.

ރާއްޖޭގައި ވެސް ކޮރަޕްޝަން މައްސަލަތައް އިންތިހާއަށް ގޮސްފައިވާކަން އޮޑިޓަރ ޖެނެރަލާއި އޭސީސީގެ ރިޕޯޓްތަކުން ހާމަވެފައިވާއިރު ވެސް ރާއްޖޭގެ ޤާނޫނު އަސާސީ އިން މިފަދަ މާއްދާއެއް އަދި މިހައިތަނަށް ފެނިފައިވާކަން އެނގޭކަށް ނެތެވެ.

ނަވާޒް ޝަރީފް އަދިވެސް ބުނަނީ އޭނާއަކީ ހަމަ އަލިފެއް ކަމަށެވެ. މައްސަލަތައް ސާބިތުވެފައިވާ ކުންފުނީގެ އެންމެ އިސް ވެރިޔާގެ މަޤާމުގައި އޭނާ ހުރި ނަމަވެސް ދުވަހަކުވެސް މުސާރަ ނުނަގާ ކަމަށެވެ. އަދި އެ މަޤާމުގައި ހުރީ އަރަބި ޤައުމުތަކަށް ދަތުރުކުރާއިރު ވިސާ ނަގަން ފަސޭހައަކަށް ކަމަަށެވެ.
މިއަދު އޮންލައިން