ފައްޅީގަ 8 އަހަރުގެ ޢާޝިފާ ރޭޕްކޮށް މަރައިލި މައްސަލަ އިންޑިއާ ގުޑުވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ފައްޅީގަ 8 އަހަރުގެ ޢާޝިފާ ރޭޕްކޮށް މަރައިލި މައްސަލަ އިންޑިއާ ގުޑުވާލައިފި
"އާޝިފާ ފެނޭތޯ އަހަރެމެން މުޅި އަވަށުގަ އަތްފުނާއެޅިން. ފައްޅިއަށް ނުވަނީ އެއީ ބައަކު މާތްތަނެއްކަމަށް ދެކޭތީ އެކަމަށް އިޙްތިރާމްކުރަން." ޢާޝިފާގެ ބައްޕަ

ކަޝްމީރުގެ ހިންދޫ ފައްޅިއެއްގައި 8 އަހަރުގެ ޢާޝިފާ ރޭޕްކޮށް މަރައިލި މައްސަލަ ހޫނުވެ އިންޑިއާ ގުޑުވާލައިފިއެވެ.

ހިންދޫންގެ ފައްޅިއަކަށް މުސްލިމް ތުއްތު ކުއްޖަކު ގެންގޮސް ރޭޕްކުރުމަށްފަހު މަރައިލި މައްސަލަ މިހާރު ވަނީ ދީނީ މައްސަލައަކަށްވެސް ބަދަލުވެފައެވެ. އިންޑިއާގެ އާބާދީގައި މުސްލިމުންނަކީ މަދު ބައެކެވެ. ކޮންމެހެން ތުއްތު ކުއްޖަކު ފައްޅީގައި ރޭޕްކުރަން ޖެހިއްޖެނަމަ ހިންދޫ ކުއްޖަކު އަތުލައިގަނެގެން ނުގެންދިއަ ސަބަބު ވަނީ ބޮޑު ސުވާލަކަށްވެފައެވެ.

މި ބޮޑު ޖަރީމާ ހިންގުމުގައި ބައިވެރިވި ޚާއިނުންގެ ދިފާއިގައި ވާހަކަދެއްކި ބީޖޭޕީގެ 2 މިނިސްޓަރުންނަށް މަޖުބޫރުވެގެން މިހާރު ވަނީ އިސްތިއުފާ ދީފައެވެ. ބީޖޭޕީގެ ބާރު ހިނގާ ކޮންމެ ސްޓޭޓެއްގައި ވެސް ހިންދޫންކުރާ ކޮންމެ ކަމެއް ހުއްދަކުރަން ސަރުކާރުގެ ބޮޑުން ނުކުންނާތީ ރައްޔިތުންގެ މެދުގައި އެމައްސަލަ ފާހަގަކޮށް ރައްޔިތުން ވަނީ އިންތިހާއަށް ރުޅިގަދަވެފައެވެ.

"އާޝިފާއެވެ! އަހަރެމެންނަކަށް އާޝިފާ ސަލާމަތެއް ނުކުރެވުނެވެ. ނަމަވެސް ފައްޅިތަކުގެ ވަކިތަކުން އާޝިފާ ފަދަ ކުދިން ސަލާމަތްކުރަން އަހަރެމެން މަސައްކަތް ކުރާނަމެވެ." ފަދަ ބަސްތަކުން ދަނީ ގުގުމައިލަމުންނެވެ.

އާޝިފާގެ މައްސަލައިގެ ބޮޑުންގެ ތެރޭގައި ފައްޅީގެ ބޮޑުންނާއި ފުލުހުންގެ އިސް އޮފިސަރުން ހިމެނޭތީ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މިއަދު އޮންލައިން