ސީރިޔާއަށް ވަރުގަދަ ހަމަލާތަކެއްދިނުމުން ސީރިޔާ ބުނީ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ސީރިޔާއަށް ވަރުގަދަ ހަމަލާތަކެއްދިނުމުން ސީރިޔާ ބުނީ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް!
އެމެރިކާ، ފްރާންސް އަދި އިނގިރޭސިވިލާތް ގުޅިގެން ރޭ ވަނީ ސީރިޔާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. 3 ޤައުމުން ވެސް ބުނީ ހަމަލާތައް އަމާޒުކުރީ ކެމިކަލް ހަތިޔާރު ހުރި ތަންތަނަށާއި ކެމިކަލް ހަތިޔާރު އުފައްދާ ތަންތަނަށް ކަމަށެވެ.

ސިރިޔާއިނ ބުނެފައިވަނީ ހަމަލާތަކުގެ ސަބަބުން މާބޮޑު ގެއްލުންތަކެއް ނުދެވޭ ކަމަށާއި ސީރިޔާ ސިފައިން ބަލި ނުކުރެވޭނެ ކަމަށެވެ. އީރާނުން ބުނީ ކެމިކަލް ހަމަލާ ދިނީ ސީރިޔާ ސިފައިންކަން ޔަޤީން ނުކުރެވޭއިރު ގުޅިފައިވާ ލަޝްކަރުން ހިންގަނީ ވަރަށް ބޮޑު ޖަރީމާއެއް ކަަމަށެވެ.

އިނގިރޭސި ބޮޑުވަޒީރު މޭ ބުނީ ބެރަލް ބޮން އެޅުމުގެ ޤާބިލުކަމާއި ހެލިކޮޕްޓަރުގައި ގޮސް ބޮން އެޅުމުގެ ޤާބިލުކަން ލިބިފައިވަނީ ހަމައެކަނި ސީރިޔާ ސިފައިންނަށް ކަމަށްވުމުން ހަމލާދިނީ ސީރިޔާ ސިފައިން ކަމާއިމެދު ޝައްކުރާނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

ރަސިއާ އާއި އީރާނުން ދަނީ އަސަދުގެ ސިފައިންނަށް މަދަދު ފޯރުކޮށްދެމުންނެވެ.
މިއަދު އޮންލައިން