ފައިސާއިން ފައްޅިއެއް ޒީނަތްތެރި ކުރުންވީ އިންޑިއާގެ ބައެއް ރައްޔިތުންނަށް ވެސް މޮޔަ ކަމަކަށް

ކިޔުމަށް ހޭދަވާނީ 53ސ
ފައިސާއިން ފައްޅިއެއް ޒީނަތްތެރި ކުރުންވީ އިންޑިއާގެ ބައެއް ރައްޔިތުންނަށް ވެސް މޮޔަ ކަމަކަށް
ތަމަޅައިންގެ އާއަހަރު ފާހަގަ ކުރުމަށް އިންޑިއާ ގެ ޗެއްނާއި ގައި ހުންނަ ބަލާ ވިނަޔަގަރް ފައްޅި، ގިނަ އަދަދެއްގެ ފައިސާއިން ޒީނަތްތެރި ކޮށްފިއެވެ.

ސަގާފީ ކަމެއްގެ ގޮތުގައި ދެކިގެން ކޮންމެ އަހަރަކު ވެސް އެމީހުން ކުރާ މިކަންތަކަށް ޚުދް އިންޑިއާގެ ގިނަ ބަޔަކު ވެސް ވަނީ ފާޑު ކިޔާފައެވެ.



އިންޑިއާ ގެ މީޑިއާ ރިޕޯޓު ތަކުން ބުނެފައިވާ ގޮތުގައި އެފައްޅި ޒީނަތްތެރި ކުރުމަށް ހަތަރު ލައްކައެއްހާ ރުޕީސް ބޭނުން ކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން އެތައް ބަޔަކު އެމީހުންނަށް ފާޑު ކިޔާފައިވާއިރު ޚުދް އިންޑިއާގެ ބައެއް ރައްޔިތުން ވެސް ވަނީ އެކަމަށް ހަޖޫ ޖަހާފައެވެ.



އެއްބަޔަކު ބުނި ގޮތުގައި ފައްޅިއެއް ފައިސާއިން ރީތިކުރުމަކީ ކުރި ވަރަށް ވެސް ބޮޑު މޮޔަ ކަމެކެވެ. އަދި އެއީ ފައިސާތަކެއް އިސްރާފް ކުރުމެވެ. އެއީ ކޮން ބޭނުމަކު ކުރި ކަމެއްތޯ ބަޔަކު އަހާފައިވެއެވެ.

އެފަދަ ކަންކަމަށް ޚަރަދު ކުރަން ފައިސާ ހުރި އިރު، ޤައުމުގައި ތިބި ފަގީރުންނަށް އެހީތެރިވުމަށް ފައިސާ ނުހުންނަނީ ކީއްވެތޯ ވެސް މީހަކު އަހާފައިވެއެވެ.
މިއަދު އޮންލައިން