ދިރާގު "މަމެން" ގެ ޚާއްސަ ޕްރޮމޯޝަނެއް، މިފަހަރު ވަރަށް ސަޅިވާނެ..!

ކިޔުމަށް ހޭދަވާނީ 53ސ
ދިރާގު "މަމެން" ގެ ޚާއްސަ ޕްރޮމޯޝަނެއް، މިފަހަރު ވަރަށް ސަޅިވާނެ..!
ދިރާގު "މަމެންގެ" ވަރަށް ޚާއްސަ ޕްރޮމޯޝަނެއް މިހަފްތާ ބަންދުގެ ތެރޭގައި އެކުންފުނިން ފަށައިފިއެވެ.

މަމެންނަކީ ޒުވާނުންނަށް ބޮޑަށް އަމާޒުކޮށްގެން ނެރެފައިވާ އަދި މިހާތަނަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރަފްކުރި، ކަސްޓަމަރުންނަށް އަމިއްލައަށް މޯބައިލް ޕްލޭން ރާވާލެވޭ ޕްރީޕެއިޑް ޕްލޭނެވެ.

އެގޮތުން އިއްޔެއިން ފެށިގެން ހިންގާ މިޕްރޮމޯޝަނުގައި ކުރިން މަމެން އެޕް އިން ލިބޭ ޑޭޓާ، ވައިސް އަދި އެސްއެމްއެސް ގެ އަދަދު ދެގުނައަށް ވަނީ އިތުރު ކޮށްފައެވެ.

އޭގެއިތުރުން، ޑިޖިޓަލް ލައިފްސްޓައިލްތަކަށް ލޯބިކުރާ ޒުވާނުންނަށް މަމެން ކަމުދާނެ ސަަބަބުތައް ކިޔައި ދިނުމަށްޓަކައި، އެއެޕް މެދުވެރިކޮށް ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރު ބާރުވެރިވާ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ތަފާތު ހުނަރު ދައްކާލާ ވަރަށް ކުލަގަދަ ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ދަނީ ކުރިއަށްގެންދަމުންނެވެ.

މަމެންނާއި ގުޅިގެން އެފަދަ ޚާއްސަ ހަރަކާތްތަކެއް މާލެއާއި އަތޮޅު ތެރޭގައި ބޭއްވުމަށް ދިރާގުން ދަނީ ބާއްވަމުންނެވެ.
މިއަދު އޮންލައިން