ފިރިހެން މީހާގެ މަންމަ ބުނީ "ދެމަފިރިންގެ" މެދުގައި މައްސަލަ ޖަހުނުތާ ދުވަސްކޮޅެއް ވެއްޖެކަމަށެވެ. ނަމަވެސް މިފަދަ އަނިޔާވެރިކަމެއް ކޮށްފާނެ ކަމަށް ކުރިން ޤަބޫލު ވެސް ނުކުރާ ކަމަށެވެ.
ބަޑީގެ އަޑު އިވުމުން މަންމަ ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން އައިއިރު ފިރިހެން މީހާ ވެސް އޮތީ އަމިއްލައަށް ގައަށް ބަޑިޖަހައިގެން މަރުވެފައެވެ. ފުލުހުން ބުނީ އަމިއްލަ ދަރިފުޅާއި ކައިވެނިކުރަންވެގެން ދަރިފުޅުގެ މަންމަ ވަރިކޮށް ފޮނުވާލީ މިދިއަ އަހަރު ކަމަށެވެ.
އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި އަމިއްލަ ދަރިންނާއި ކައިވެނިކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އެއީ އެއްވެސް ދީނެއްގައި ހުއްދަކުރާ ކަމެއް ނޫނެވެ.