ޤްދުސަށް އެމެރިކާ އެމްބަސީ ބަދަލުކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އިރުމަތީ ޖެރޫސަލަމް ވާން ޖެހޭނީ ފަލަސްޠީނުގެ ވެރިރަށަށް ކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވެއްޖެއެވެ.
ސަލްމާން ރަސްގެފާނު މިމޭރުމުން ވިދާޅުވީ ދައްމާމްގައި މިއަދު ފެށި 29 ވަނަ އަރަބި ލީގުގެ ވެރިންގެ ސަމިޓުގައެވެ. ސަމިޓު ހުޅުއްވައި ދެއްވީ އުރްދުންގެ ރަސްގެފާނު ޢަބްދުﷲ އެވެ.
ސަލްމާން ރަސްގެފާނު ވިދާޅުވީ މިސަމިޓް ފަލަސްޠީނުގެ މައްސަލަތަކަށް ޚާއްޞަ ކުރައްވާ ކަމަށެވެ. އަދި ފަލަސްޠީނުގެ މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށެވެ.
ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި އަރަބި ލީގުގެ ސެކެޓްރީ ޖެނެރަލް ވަނީ އަރަބިންގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތަކަށް މަޝްވަރާކޮށް ޙައްލު ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.