ފައްޅީގަ ރޭޕްކޮށް މަރާލި އަޝްފާގެ މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ފައްޅީގަ ރޭޕްކޮށް މަރާލި އަޝްފާގެ މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

ހިންދޫންގެ ފައްޅިއެއްގައި ރޭޕްކޮށް މަރާލި އުމުރުން 8 އަހަރުގެ އަޝްފާގެ މައްސަލައިގެ ޝަރީއަތް މިއަދު 2:00 ގައި ސްޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފިއެވެ.

އަޝްފާގެ ބައްޕަ އެދިފައިވަނީ ޝަރީއަތް ކަޝްމީރު ނޫން ސްޓޭޓެއްގައި ކުރިއަށް ގެންގޮސްދިނުމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ހިންދޫން ޢާއިލާއަށް ބިރުދައްކަމުން ގެންދިއުމެވެ.
މައްސަލަ ބަލާ ބެންޗްގައިވަނީ ތަފާތު ދީންތަކުގެ ފަނޑިޔާރުން ހިމަނައިފައެވެ. އެއީ މައްސަލަ ހޫނުވެފައިވާވަރުން އިންސާފު ލިބޭކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ.

މި މައްސަލަ އާއި ގުޅިގެން އިންޑިއާގެ ގިނަ ސްޓޭޓްތަކެއްގައި ދަނީ ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ. ހިންދޫންގެ ގިނަ އަދަދެއްގެ މީހުން ވެސް ދަނީ މުޒާހަރާގައި ބައިވެރިވަމުންނެވެ.
މިއަދު އޮންލައިން