11 މީހުންވެގެން އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު މަރާލައިފިއެވެ. އިންޑިއާގެ ބިހާރުގެ ފުލުހުން ބުނީ މިކަން ކޮށްފައިވަނީ ޢާއިލީ ބިމެއްގެ މައްސަލައިގައި އުފެދުނު ޚިޔާލުތަފާތުވުމެއްގެ ސަބަބުން ކަމަށް އެނގިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަންހެން ކުއްޖާގެ ގައިގާ 52 ޒަޚަމް ހުރި ކަމަށާއި އެކަމުގައި ބައިވެރިވި 11 މީހުން ހޯދުމުގެ މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
ގޭންގުން އަންހެން ކުއްޖާ އަތުލައިގަތީ ފަހަރިދައްތަ އަކާއިއެކު ފާޚާނާކުރަން ޖަންގަލި ސަރަހައްދަށް ދިއަވަގުތެއްގައެވެ. ފަހަރި ބުނީ އެމީހުން އޭނާ އަތުލައިގަންނަން ވެސް އުޅުނު ކަމަށާއި ސަލާމަތްވެ ދުވަމުން އައިސް އަވަށުގެ މީހުންނަށް ޚަބަރުދިނުމުން ގޮސް ހޯދިއިރު ހުރިހާ ކަމެއް ނިންމާފައި އެމީހުން ވަނީ ފިލާފައި ކަމަށެވެ.