އިންޑިއާ ކަނޑު ބަލަހައްޓަން އިންޑިއާ ނޭވީން ޚާއްޞަ އޮޕަރޭޝަންތަކެއް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އިންޑިއާ ކަނޑު ބަލަހައްޓަން އިންޑިއާ ނޭވީން ޚާއްޞަ އޮޕަރޭޝަންތަކެއް ފަށައިފި
އިންޑިއާ ކަނޑު ބަލަހައްޓަން އިންޑިއާ ނޭވީން ޚާއްޞަ އޮޕަރޭޝަންތަކެއް ފަށައިފިއެވެ.

މިއޮޕަރޭޝަންގެދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ޗައިނާ ނުވަތަ އެނޫންވެސް ޤައުމެއްގެ އެއްވެސް އުޅަނދެއް އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަދެއްޖެނަމަ ނުކުންނަންދެން ކަނޑުގެ މަގުންނާއި ވައިގެ މަގުން އެއުޅަނދެއްގެ ހަރަކާތްތައް ބަލަހައްޓަމުން ގެންދާނެއެވެ.

އިންޑިއާ އިން ބުނެފައިވަނީ މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކައުތެރިކަމަށް ހިންގާ އޮޕަރޭޝަންތަކެއް ކަމަށެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން ކަނޑު ފޭރޭ މީހުންނަށްވެސް ހުރަސްތައް އެޅެމުން ގެންދެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އިންޑިއާ އިން މިފަދަ ޚާއްޞަ އޮޕަރޭޝަންތަކެއް ފަށާފައި މިވަނީ ކަނޑުފޭރުމުގެ މައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ވަގުތެއްގައެވެ. އަދި ސަރަހައްދުގައި ޗައިނާގެ ހަރަކާތްތެރިވުން ވެސް އިތުރުވެފައިވާ ވަގުތެއްގައެވެ.



މިއަދު އޮންލައިން