ރަޝިއާގައި ފަށާ ވޯލްޑްކަޕްގެ މެޗްތައް ދެއްކުމަށް ޕީއެސްއެމް އިން ގެނެސްދޭ ވޯލްޑްކަޕް ކަވަރޭޖްގެ ޕަވާޑް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފިއެވެ,
މިކަމަށްޓަކައި މިއަދު ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތުއްގައި ވޯލްޑްކަޕް ކަވަރޭޖްގެ ޕަވާޑް ސްޕޮންސަރަކަށް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ، ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ގެނެސްދެއްވުމަށް ޕީއެސްއެމްއިން ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށާޢި އެފުރުޞަތު ދެއްވީތީ ޕީއެސްއެމްއަށް ޝުކުރު ދަންނަވާކަމަށެވެ.
ވޯލްޑްކަޕް ފަށަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ އަށް ވަނަ ދުވަހު އެވެ.