ބައްޕަގެ އަނިޔާއިން ސަލާމަތްވުމަށް 12 އަހަރުގެ އަންހެން ކުއްޖަކު ޓެރަސް އިން ފުންމާލައިފި- އަވަށްޓެރިޔާ ހުރީ ވީޑިއޯކުރަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ބައްޕަގެ އަނިޔާއިން ސަލާމަތްވުމަށް 12 އަހަރުގެ އަންހެން ކުއްޖަކު ޓެރަސް އިން ފުންމާލައިފި- އަވަށްޓެރިޔާ ހުރީ ވީޑިއޯކުރަން!

މަސްތުވެގެން ގެއަށް އައި ބައްޕަގެ އަނިޔާއިން ސަލާމަތްވުމަށް 12 އަހަރުގެ އަންހެން ކުއްޖަކު ޓެރަސް އިން ފުންމާލައިފިއެވެ.

އަވަށްޓެރިޔާ ހުރީ ވީޑިއޯކުރާށެވެ. ކޮންމެ މީހަކުވެސް މިހާރު ބަލަނީ ސޯޝަލް މީޑިއާގައި މޮޅު ކަމެއް ކޮށްލުމަށެވެ. ތިމާ މަޝްހޫރުވެލުމަށެވެ.

ވީޑިޯ ބެލުމަށްފަހު ބައެއް މީހުން ބުނެފައިވަނީ ވީޑިއޯ ކުރަމުން ނަމަވެސް އެންމެ ކުޑަމިނުން އަޑުގަދަކޮށް އޭނާއަށް އެމަންޒަރު ފެންނަކަން އަންގައިލިނަމަ އަނިޔާކުރުން ހުއްޓާލުން އެކަށީގެންވާ ކަމަށެވެ.

އަނެއް ބައަކު ބުނެފައިވަނީ އެއިރުން އެވަގުތު އަނިޔާކުރުން ހުއްޓައިލި ނަމަވެސް ގޭތެރެއަށް ވަނުމުން މާބޮޑަށް އަނިޔާކުރާނެ ކަަމށާއި މިބާވަތުގެ އަނިޔާކުރުން ހުއްޓުވޭނީ ކޮންމެވެސް ގޮތަކުން އަނިޔާވެރިންނަށް އަދަބު ދީގެން ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ރާޖަސްތާނުގައެވެ.

މިއަދު އޮންލައިން