ފައްޅީގެ އަޅުކަމަށް އިންޑިއާއިން ޕާކިސްތާނަށް ދިއަ އަންހެނަކު އިސްލާމްވެ ކައިވެނިކޮށްފި
ފައްޅީގެ އަޅުކަމަށް އިންޑިއާއިން ޕާކިސްތާނަށް ދިއަ އަންހެނަކު އިސްލާމްވެ ޕާކިސްތާނު މުސްލިމަކާއި ކައިވެނިކޮށްފި އެވެ.
ސިކް ދީނަށް އުޅެމުން އައި ކިރަން ބާލާ ޕާކިސްތާނަށް ދިއައީ ފައްޅިއަށް ދިއަ ޖަމާއަތަކާއި ގުޅިގެންނެވެ. އޭނޭ ފިލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ކައިވެނިކޮށްފައިވަނީ 16 ވަނަ ދުވަހުއެވެ.
އިސްލާމްވުމަށްފަހު އޭނާ ޚިޔާރުކުރި ނަމަކީ އަމްނާ ބީބީ އެވެ. އޭނާއަކީ 3 ދަރިންގެމަންމައެކެވެ. ފިރިމީހާ ވަނީ 2013 ވަނަ އަހަރުއެވެ. ޕާކިސްތާނަށް ދިއައީ ކުދިން ބަލަން ކުދިންގެ ބައްޕަގެ ޢާއިލާ އާއި ހަވާލުކޮށްފައެވެ.
އަމްނާ މިހާރު ވަނީ ޕާކިސްތާނުގައި ހުރުމުގެ ވިސާއަށް އެދިފައެވެ. އޭނާ ބުނަނީ އެނބުރި އިންޑިއާއަށް ހިނގައްޖެނަމަ މަރައިލާނެ ކަމަށެވެ.