ރާއްޖޭގެ މަސާޖްޕާލަރތަކުގެ ވަޒިފާއަށް ގެންނާނެކަމަށްބުނެ ގިނަ އަދަދެއްގެ އަންހެނުން އަތުން ފައިސާ ނަގައި ނުގެނައުމުން ހަޅުތާލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ރާއްޖޭގެ މަސާޖްޕާލަރތަކުގެ ވަޒިފާއަށް ގެންނާނެކަމަށްބުނެ ގިނަ އަދަދެއްގެ އަންހެނުން އަތުން ފައިސާ ނަގައި ނުގެނައުމުން ހަޅުތާލުކޮށްފި
ރާއްޖޭގެ މަސާޖްޕާލަރތަކުގެ ވަޒިފާއަށް ގެންނާނެކަމަށް ބުނެ ގިނަ އަދަދެއްގެ އަންހެނުން އަތުން ފައިސާ ނަގައި ނުގެނައުމުން ހަޅުތާލުކޮށްފިއެވެ.

ތައިލަންޑުގެ ނޫހަކުން ބުނެފައިވަނީ 49 އަންހެނެއްގެ އަތުން ފައިސާ ނަގާފައިވާ ކަމަށާއި އަދި ކޮންމެ އަންހެނެއްގެ އަތުން 30،000 ބާތު ނަގާފައިވާ ކަމަށެވެ. އަދި އެމީހުން މިއަދު ވަނީ އެންޓި ޓްރެފިކިންގ ޑިޕާޓްމަންޓަށް ގޮސް މައްސަލަ ޖައްސައި މުޒާހަރާކޮށްފައި ކަމަށެވެ.

ޑިޕާޓްމަންޓްެގެ ޑިޕިޔުޓީ ކޮމާނޑަރ ކާނަލް މަނަ ބުނެފައިވަނީ އެބައަކު 100 އަށްވުރެ ގިނަ އަންހެނުންނަށް ރާއްޖޭގެ ރިޒޯޓްތަކުގެ ސްޕާތަކުން ވަޒިފާ ހޯދައިދޭނެ ކަމަށްބުނެ ފައިސާ ނަގާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ހުށަހެޅީ 49 އަންހެނުން ކަމަށެވެ.
މިއަދު އޮންލައިން