ޝަޢުބާން މަހާއެކު ސައުދީގަ ބައިސްކޯފް ދެއްކުން އިފްތިތާޙްކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ޝަޢުބާން މަހާއެކު ސައުދީގަ ބައިސްކޯފް ދެއްކުން އިފްތިތާޙްކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް!
މާތްވެގެންވާ ޝަޢްބާން މަސް ފެށުމާއިއެކު 40 ވަރަކަށް އަހަރަށްފަހު ކުލަގަދަ ރަސްމިއްޔާތެއް ބާއްވައި ބުދަ ދުވަހު ސައުދިއަރަބިޔާގައި ބައިސްކޯފްދައްކަން ފެށުން އިފްތިތާޙްކޮށްފިއެވެ. ޓިކެޓް ވިއްކައިގެން ބާއްވާ ފުރަތަމަ ޝޯ ބާއްވާނީ ޝަޢްބާން މަހުގެ ފުރަތަމަ ހުކުރު ދުވަހު (މާދަމާ) އެވެ.

މިކަމަށްޓަކައި ބޭއްވި ގާލާ ފެސްޓިވަލްގައި ބުނީ ވަރަށް އަވަހަށް 350 ބައިސްކޯފްގެ ހުޅުވާނެ ކަމަށާއި 2030 އަންނައިރު 2،500 އަށް އިތުރުކުރާނެ ކަމަށެވެ.

ސައުދީ ސަރުކާރުން ބުނެފައިވަނީ ބައިސްކޯފްގެތައް ހިންގަން ފެށުމުން 2030 އަންނައިރު އަހަރަކު 24 ބިލިއަން ޑޮލަރު އިތުރަށް ލިބޭނެ ކަމަށާއި 30،000 ވަޒީފާ އުފެދޭނެ ކަމަށެވެ.
މިއަދު އޮންލައިން