ދުބާއީގެ މިސްކިތްތަކުގެ ފަންޑުފޮށި ވަގަށް ނަގާ މީހަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ދުބާއީގެ މިސްކިތްތަކުގެ ފަންޑުފޮށި ވަގަށް ނަގާ މީހަކު ހައްޔަރުކޮށްފި
ދުބާއީގެ މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ފަންޑްފޮށި ވަގަށް ނަގަމުންދިއަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިސްކިތްތަކުން ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން ފާރަލައި އުމުރުން 30 އަހަރުގެ، އޭސިއާގެ ޤައުމަކަށް ނިޞްބަތްވާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާއަކީ ވަޒީފާއެއް ނެތި ދުބާއީގައި އުޅޭ މީހެއް ކަމަށެވެ.

މިހައި ތަނަށް ކުރިއަށް ގެންދިއަ ތަޙްޤިޤްތަކުން އެމީހާ 5 މިސްކިތެއްގެ ފަންޑް ފޮށި ވަގަށް ނަގާފައިވާކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެ ފޮށިތަކުގައި ހުރީ ކިހައި ފައިސާއެއްކަން އަދި ހާމައެއް ނުކުރެއެވެ.
މިއަދު އޮންލައިން