12 އަހަރުން ދަށުގެ ކުއްޖަކު ރޭޕްކޮށްފިނަމަ މަރުގެ އަދަބު ދޭން އިންޑިއާ ސަރުކާރުން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
12 އަހަރުން ދަށުގެ ކުއްޖަކު ރޭޕްކޮށްފިނަމަ މަރުގެ އަދަބު ދޭން އިންޑިއާ ސަރުކާރުން ނިންމައިފި
12 އަހަރުން ދަށުގެ ކުއްޖަކު ރޭޕްކޮށްފިނަމަ މަރުގެ އަދަބު ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. އެކަން ނިންމާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

މިކަމުގެ ލިޔުމުގައި މިހާރު ވަނީ ސަރުކާރުގެ ކަމާއިބެހޭ ބޭފުޅުން ސޮއިކުރައްވައިފައެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ މިފަދަ ނިންމުމެއް ސަރުކާރުން ނިންމީ ރޭޕް ކުރުމުގެ މައްސަލަތައް މަދުކުރަން ސަރުކާރުން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވުން ކަމަށެވެ.

މީގެ ކުރިން ސަރުކާރުން ބުނަމުން އައީ މަރުގެ އަދަބު ދިނުމަކީ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށެވެ.

މީގެ އިތުރުން ކޮރަޕްޝަނުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ޤައުމުން ފިލައިގެން ހިނގައްޖެނަމަ އެމީހެއްގެ ވިޔަފާރި ކޮންފިސްކޭޓްކުރަންވެސް ވަނީ ނިންމައިފައެވެ.
މިއަދު އޮންލައިން