އިންޑިއާގެ އިންޑޯގެ މަގުމަތީގައި ނިދާފައިތިބި ފަޤީރު ދެމަފިރިއެއްގެ 8 މަހުގެ ދަރިފުޅު ވަގަށް ނަގައިގެން ގެންގޮސް ރޭޕްކުރުމަށްފަހު މަރާލައިފިއެވެ.
ކުއްޖާ ވަގަށް ނަގައިގެން ގެންގޮސްފައިވަނީ އިމާރާތެއްގެ ތިރީބައަށެވެ. ކުއްޖާ ފެނިފައިވަނީ އެތަނުގައި ހުރި ފިހާރަތައް ހުޅުވަން އައުމުންނެވެ. ސީސީޓީވީ އިން ބަލައި އެމިހާ ފާހަގަކޮށް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ ކުއްޖާގެ މަންމަ އާއި ބައްޕައަކީ މަގުމަތީގައި ދިރިއުޅޭ ބައެއް ކަމަށެވެ. އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ ފުއްޕާހަން ވިއްކުން ކަމަށެވެ.