ފަލަސްޠީނުގެ އިލްމުވެރިއަކު މެލޭސިޔާގަ ޝަޙީދުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ފަލަސްޠީނުގެ އިލްމުވެރިއަކު މެލޭސިޔާގަ ޝަޙީދުކޮށްލައިފި
ފަލަސްޠީނުގެ ޢިލްމުވެރިއެއް ކަމަށްވާ އުމުރުން 35 އަހަރުގެ ފަދީ މުޙައްމަދު އަލްބަތްޝް މެލޭސިޔާގައި ޝަހީދުކޮށްލައިފިއެވެ. އޭނާ ޝަހީދުކޮށްލާފައިވަނީ މިއަދު ހެނދުނު 6 ޖަހާ އެހާކަންހާއިރު މިސްކިތަށް ވަޑައިގަތުމަށްޓަކައި ދިރިއުޅުއްވާ ފްލެޓުން ނުކުމެވަޑައިގެންނެވިތަނާއެވެ.

ހަމަލާދީފައިވަނީ ބަތްޝް އަވަހާރަކޮށްލުމަށް ތައްޔާރުވެގެން ސައިކަލެއްގައި މަޑުކޮށްފައި ތިބި 2 މީހަކުވެގެން ބަޑިޖަހައެވެ. ފަލަސްޠީނު އެމްބަސީން ބުނެފައިވަނީ ސައިކަލުގައި ތިބި 2 މީހުން މިހާރު ދެނަގަނެވިފައިވާ ކަމަށެވެ.

މަތްޝްގެ ޢާއިލާ ދިރިއުޅެނީ ޣާޒާގައެވެ. ޢާއިލާއިން ބުނެފައިވަނީ ބަތްޝްގެ ފަހަތުން ޔަހޫދީ މޮސައިދުން އަޅައިގަނެގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ޝަހީދުކޮށްލީ މޮސައިދުންގެ ރޭވުމަކުން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

ހަމާސް އިން ވަނީ އެ ޖަމާއަތުގެ މެންބަރަކު މެލޭސިޔާގައި ޝަހީދުކޮށްލައިފިކަމަށް ބުނެފައެވެ. ނަމަވެސް އިތުރު ތަފްޞީލެއް ނުދެއެވެ.
މިއަދު އޮންލައިން