އެންތަނީ މެލެ ނަމަކަށް ކިޔާ މީހަކު ޢާއިލާ އެކުގައި ކައި ނިމިގެން އޭނާގެ 5 އަހަރުގެ ތުއްތު ދަރިފުޅު އޭނާގެ އުނގަށް އެރިތަނާ ފަހަތުން އައި މީހަކު އޭނާގެ ކަރަށް ވަޅި ހެރުމުން މަރުވެއްޖެއެވެ.
މިހަދިސާ ހިނގާފައިވަނީ އެމެރިކާގެ ކެލިފޯނިއާގެ ރެސްޓޯރަންޓެއްގައެވެ. ކުއްޖާއަށް އެއްވެސް އަނިޔާއެއް ނުލިބެއެވެ. އެންތަނީގެ ގަޔަށް ވަޅި ހެރުމާއެކު ހޮސްޕިޓަލަށް ގެންދިޔައެވެ. އެންތަނީ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ދެވަނަ ދުވަހުއެވެ.
ފުލުހުން ބުނީ މިކަންކުރި މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާއަކީ މަރައިލެވުނު އެންތަނީ އާއި އެއްވެސް ގުލުމެއް ހުރި މީހެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދަ ކަމެއް ކުރަންޖެހުނު ސަބަބު އަދި ނޭނގޭ ކަމަށެވެ.