ކައިވެންޏަށް 10 މަހުގައި ލިބުނު ދަރިފުޅުގެ އަޞްލު ބައްޕައަކީ އޭނާ ކަމާއިމެދު ޝައްކުވުމުން 2 މަހުގެ ތުއްތު ދަރިފުޅު މަރާލައިފިއެވެ.
މިކަން ކޮށްފައިވަނީ ދިއްލީގެ ފަޤީރު ސަރަހައްދެއްގައި ވަޒިފާއެއް ލިބޭތޯ މަންމަ ގެއިން ބޭރަށް ދިއަ ވަގުތެއްގައެވެ. ބައްޕަައަކީ 17 އަހަރުގެ ކުއްޖެކެވެ. މަންމައަކީވެސް ކުޑަކުއްޖެކެވެ.
މަންމަ ގެއަށް އައިއިރު ފިރިމީހާ ގެއަކު ނެތެވެ. ދަރިފުޅު ނޭވާ ނުލާތީ ހޮސްޕިޓަލަށް ގެންދިއުމުން ބުނީ މަރުވެފައިވާ ކަމަށާއި މަރުވެފައިވަނީ ބޮލަށް ލިބިފައިވާ އަނިޔާތަކަކުން ކަމަށެވެ.
ފުލުހުންގެ ބެލުމުގެދަށަށް ބައްޕަ ގެންގޮސް ސުވާލުކުރުމުން ބުނީ ދަރިފުޅު މަރައިލީ އޭނާ ކަމަށާއި ކަމަށް އެކަން ކުރީ އެހެން ފިރިހެނަކާއި އަންހެނުންނާއި ދެމެދު ލޯބީގެ ގުޅުމެއް އޮންނަކަމަށް ޤަބޫލުކުރެވޭތީ ދަރިފުޅުގެ އަސްލު ބައްޕައަކީ އޭނާ ކަމާއިމެދު ޝައްކުވުމުން އައި ރުޅީގައި ކަމަށެވެ.