އިންޑިއާގެ ކޮލެޖެއްގައި ކިޔަވާ ދަރިވަރަކު އޭނާގެ ފޯނު ނަމްބަރު ދިނީ ނޭވީގެ އިސް އޮފިސަރަކަށެވެ. އޭނާއަކީ އަމިއްލަ ވިޔަފާރިވެސް ކުރާ މީހެކެވެ. ކޮލެޖުގައި އޮތް ހަފްލާއެްގެ ތެރެއިން ބައްދަލުވުމުން ފޯނު ނަމްބަރު ދިނީ ރަނގަޅު ރަޙްމަތްތެރިއަކަށް ވެދާނެ ކަމުގެ އުންމީދުގައެވެ.
.4 5 ދުވަސް ފަހުން ފޯނަށް ފޮުވަން ފެށީ އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ފޮޓޯތަކާއި ވީޑިއޯތަކެވެ. އެކަންކުރުން ހުއްޓާނުލުމުން ޖެހުނީ މައްސަލަ ފުލުހުންނަށް ހުށަހަޅާށެވެ.
ފުލުހުންގެ ތަޙްޤީޤުން އެނގުނު ގޮތުގައި 29 އަަހަރުގެ ނޭވީ އޮފިސަރަކީ އެފަދަ ކަންކަމަށް ދެވި ހިފާފައި ހުރި މީހެކެވެ. އެތައް ބައިވަރު ފޯނު ނަމްބަރުތަކެއް ބޭނުންކޮށްގެން އެ މަސައްކަތްކުރާ މީހެކެވެ. ހަމަ އެ ކޮލެޖުގެ އިތުރު ދަރިވަރުން ތަކަކަށްވެސް އޭނާ އެފަދަ ތަކެތި ފޮނުވައެވެ.
ކޮލެޖުގައި ބާއްވާ ފަންކްޝަންތަކަށް އޭނާ އެހީތެރިވެއެވެ. ޕްރިންސިޕަލާއި ގުޅިގެން މިކަންކަން ކުރަނީ އަންހެން ކުދިންނާއި ގުޅުން އުފެއްދުމަށެވެ. ފުލުހުން މިހާރުވަނީ ނޭވީ އޮފިސަރާއި ޕްރިންސިޕަލް ބަންދުކޮށްފައެވެ.