ޗައިނާގެ ކޯރެއްގައި ފަލި ޖަހަމުންދިއަ 2 ޑްރޭގަން ބޯޓް ޖެހި އެކްސިޑެންޓްވެ ބަންޑުންޖަހާލުމުގެ ސަބަބުން 17 މީހުން ގެނބިގެން މަރުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރެއްހައި އިރުއެވެ. ޖެހުނު 2 ބޯޓަކީވެސް 30 މީހުންގެ ޖާގައިގެ ބޯޓެވެ. ޒިންހުއާ އިން ބުނެފައިވަނީ 2 ބޯޓުގައި 60 މީހުން ތިބި ކަމަށެވެ.
މިބާވަތުގެ ބޯޓުފަހަރަކީ ޢާންމު ގޮތެއްގައި ކޯރު ހުރަސް ކުރުމަށާއި އަދި ކުޅިވަރަށް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބޯޓު ފަހަރެވެ. މިބާވަތުގެ ބޯޓުގައި ފަލިޖަހާފައި ދަތުރުކުރުމަކީ ޗައިނާގެ ޘަޤާފަތުގައި ހިމެނޭ ކަމެކެވެ.