ސައުދީ ރަސްގެފާނުގެ ގަނޑުވަރު މަތިން އުދުހުނު ޑްރޯނެއް ވައްޓާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ސައުދީ ރަސްގެފާނުގެ ގަނޑުވަރު މަތިން އުދުހުނު ޑްރޯނެއް ވައްޓާލައިފި
ސައުދިޢަރަބިޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ރަސްގެފާނުގެ ގަނޑުވަރު މަތިން އުދުހުނު ޑްރޯނަކަށް ސިފައިން ބަޑިޖަހާ ވައްޓާލައިފިއެވެ.

މިހާދިސާ އާއި ގުޅިގެން ހޯމް މިނިސްޓްރީން ބުނެފައިވަނީ އެ ޑްރޯނަކީ ކުޅޭކުޅޭ އެއްޗެއް ކަަމަށާއި އެއްވެސް ނުރައްކަލެއް ނެތް ކަަށެވެ. "ރާޑަރުތަކަށް އެއްޗެއް މަތިން އުދުހޭކަން އެނގުނީމާ ބަދިޖަހާ ވައްޓައިލީ.."
ހޫތީން ގެންދަނީ ސައުދިއަރަބިޔާއަށް މިސައިލް ހަމަލާތައް ދެމުންނެވެ. ބައެއް މިސައިލްތައް މިހާރު ވަނީ ވެރިރަށް ރިޔާޟަށްވެސް ފޯރައިފައެވެ. މިފަދަ ހަމަލާއެއްގައި މީހަކުވެސް ވަނީ މަރުވެފައެވެ.

މިއީ ކޮން ބޭނުމަކު އެ ސަރަހައްދުގައި އުދުއްސި އުދުއްސި ޑްރޯނެއްކަން އެނގޭ ގޮތެއް އަދި ވަނީ ނުވެފައެވެ.
މިއަދު އޮންލައިން